Thu, 28 May, 2020, 8:48 am
ހަފްތާ ބަދިގެ – އޯރިއޯ ސްކުއެރސް
86

ބޭނުންވާ ތަކެތި:

30 އޯރިއޯ ބިސްކޯދު

4 މޭޒުމަތީ ސަމުސާ ބަޓަހރު (ދިޔާކޮށްފައި)

1 ޖޯޑު ވައިޓް ޗޮކްލޭޓް  (ދިޔާކޮށްފައި)

½ ޖޯޑު ކްރީމް ޗީޒް (ދިޔާކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

މިކްސަރެއް ނުވަތަ ފުޑް ޕްރޮސެސަރެއް ބޭނުންކޮށްގެން 24 އޯރިއޯ ބިސްކޯދު ފުނޑާލާށެވެ. އަދި މީގެ ތެރެއަށް ދިޔާކޮށްފައި ހުރި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ޓްރޭއެއްގެ ފުލުގައި މި އޯރިއޯ ބިސްކޯދުތައް ފަތުރާލުމަށްފަހު ސަމުސަލަކުން އޮމާންކޮށްލާށެވެ. އެއަށްފަހު ބިސްކޯދުތައް ސެޓްކުރުމަށް 30 މިނެޓް ވަންދެން މި ޓްރޭ ފްރިޖްގައި ބަހައްޓާށެވެ.

ކޮންޓެއިނަރެއްގައި ވައިޓް ޗޮކްލޭޓް އަދި ކްރީމް ޗީޒް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބާކީ ހުރި އޯރިއޯ ބިސްކޯދުތައް އަތުން ބިންދާލުމަށްފަހު މި މިކްސްގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ކުރިން ފްރިޖަށްލީ ޓްރޭ ނެގުމަށްފަހު ދެންމެ ތައްޔާރުކުރި ވައިޓް ޗޮކްލޭޓް މިކުސް ޓްރޭގެ މައްޗަށް ފަތުރާލާށެވެ. ސެޓް ކުރުމަށް އަނެއްކާވެސް ފްރިޖްގައި 3 ގަޑިއިރު ބަހައްޓާލާށެވެ. މިއީ މަދު އެތިކޮޅެއް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ މީރު ފޮނި އެއްޗެކެވެ.

Leave a comment

Your email address will not be published.