މުޙައްމަދު އީމާން
17 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

1 ޕަފް ޕޭސްޓްރީ ޝީޓް

½ ޖޯޑު ބޯނަލެސް ޗިކަން (ކުދިކޮށް ކޮށާފައި)

½ ޖޯޑު ބެލްޕެޕަރ (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ކިރު

1 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)

2 ލޮނުމެދު (ކުދިކޮށް ކޮށާފައި)

ރަހަލާ ވަރަށް ލޮނު

ރަހަލާ ވަރަށް އަސޭމިރުސް

2 ޖޯޑު މަޝްރޫމް (ކުދިކޮށް ކޮށާފައި)

½ ޖޯޑު ކްރީމް ޗީޒް

ތައްޔާރުކުރާނެ ގޮތް:

އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނުކުރަން ޖައްސާލާށެވެ.

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅު، ލޮނު، ލޮނުމެދު އަދި އަސޭމިރުސް އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލުވާލާށެވެ.

އެހެން ތަވައެއްގައި މަޝްރޫމްތައް ކުޑަކޮށް ރޯފިލުވާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.  ހަމަ މި ތަވައަށް ކުޑަ ތެޔޮކޮޅެއް ޖެހުމަށްފަހު ބެލް ޕެޕަރ، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ބެލްޕެޕަރތައް މަޑުވަންދެން ކައްކާލާށެވެ.

ކޮންޓެއިނަރެއްގައި ކްރީމް ޗީޒް، ކިރު، ތައްޔާރުކުރި ބެލްޕެޕަރ، ތައްޔާރުކުރި މަޝްރޫމްސް އަދި ތައްޔާރުކުރި ކުކުޅުކޮޅުތައް ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު ޕަފް ޕޭސްޓްރީ ޝީޓްތައް ނެގުމަށްފަހު ރޮށިދަމާ އެތި ބޭނުންކޮށްގެން ބޮޑު ހަތަރެސްކަނަކަށް ވާހެން ދަމާލާށެވެ. މީގެން ކުދި ހަތަރެސްކަން ކަފާލާށެވެ. ތޫނު ވަޅިއެއް ބޭނުންކޮށްގެން ދެންމެ ކެފި ކުދި ހަތަރެސްކަންތަކުގެ ވަށައިގެން ބޯޑަރެއް ހަދާލާށެވެ. މިހެން ކަފާއިރު ފުށްގަނޑު އެއްކޮށް ވަކިނުވާހެން ކަފަން ހަނދާން ކުރާށެވެ. އަދި އުލެއް ބެނުންކޮށްގެން މި ބޯޑަރުގެ ތެރޭގައި ލޯވަޅު އަޅާށެވެ. އެއަށްފަހު 10 މިނެޓްވަންދެން މި ފުށްގަނޑުތައް އަވަންގައި ފިހެލާށެވެ.

އެއަށްފަހު މި ފުށްގަނޑުގެ މައްޗަށް ކުރިން ތައްޔާރުކުރި ޗިކަން ފިލިންގް ފަތުރާލުމަށްފަހު ފިލިންގްގެ މައްޗަށް މޮޒަރެއްލާ ޗީޒް އަޅާލާށެވެ. އަދި އަވަންގައި 10 މިނެޓް ވަންދެން ނުވަތަ މައްޗަށް އެޅި ޗީޒްތައް މެލްޓްވަންދެން މި ފިހެލާށެވެ.

Leave a Reply

Your email address will not be published.

haftha.mv ©