މުޙައްމަދު އީމާން
17 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

1-2 ގެރީ ބްރޭންޑްގެ ޗީޒް ބިސްކޯދު

3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

1 ދަޅު ގެރިކިރު

2 ބިސް

ތައްޔާރުކުރާނެ ގޮތް:

ކްރީމްގަނޑެއް ހެދުމަށް ކޮންޓެއިނަރެއްގައި ގެރިކިރު، ބިސް އަދި ކޮކޯ ޕައުޑަރު ރަނގަޅަށް އެއްކޮށްލާށެވެ.

ޓްރޭއެއްގައި ބިސްކޯދުތައް އެތުރުމަށްފަހު ކުރިން ތައްޔާރުކުރި ކްރީމްގެ އެތިކޮޅެއް އަޅާލާށެވެ. އަދި އަނެއްކާވެސް ބިސްކޯދު ދެން ކްރީމް މިގޮތައް ލޭޔާރކޮށް އަޅަމުން ގެންދާށެވެ.

ފްރިޖްގައި ފިނިކޮށްލުމަށްފަހު ކާލަން ވަރަށް މީރެވެ. މިއީ އަވަހަށް ތައްޔާރުކޮށްލައިގެން ކާލަން މީރު ފޮނި އެއްޗެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©