މުޙައްމަދު އީމާން
18 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

500ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

3 ލީކްސް (ކުދިކޮށް ކޮށާފައި)

1 ބެލް ޕެޕާރ (ކުދިކޮށް ކޮށާފައި)

1 ފިޔާ (ކުދިކޮށް ކޮށާފައި)

ކުޑަ ތެޔޮކޮޅެއް

ރަހަލާވަރަށް ލޮނު

ރަހަލާވަރަށް އަސޭމިރުސް

2 ޖޯޑު ކްރީމް ޗީޒް

2 ބިސް

ޕަފް ޕޭސްޓްރީ ޝީޓެއް

ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް ކުކުޅު، ލީކްސް، ބެލް ޕެޕަރ، ފިޔާ، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ތަރުކާރީކޮޅު މަޑުވެ ކުކުޅު ރޯފިލަންދެން ކައްކާލާށެވެ.

ކުކުޅުކޮޅު ރަނގަޅަށް ރޯފިލުމުން ކޮންޓެއިނަރަކަށް އަޅާލުމަަށްފަހު ކްރީމް ޗީޒް، 1 ބިސް، ލޮނުކޮޅެއް އަދި އަސޭމިރުސްކޮޅެއް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނުކުރުމަށް ޖައްސާލާށެވެ.

ޕަފް ޕޭސްޓްރީ ޝީޓެއް ނެގުމަށްފަހު ހަތަރެސްކަންވާހެން ދަމާލާށެވެ. އަދި މިދެމި ޝީޓް 2 ފަޅިއަށް ބައިކޮށްލާށެވެ. ބޭނުންނަމަ ވަށްކޮށްވެސް ދެމިދާނެއެވެ.

ޓްރޭއެއްގައި ޕަފް ޕޭސްޓްރީ ޝީޓް ފަތުރާލުމަށްފަހު ކުރިން ތައްޔާރުކުރި ފިލިންގް މި ޝީޓް މައްްޗަށް އަޅާލުމަށްފަހު ރަނގަޅަށް ފަތުރާލާށެވެ. ފަތުރަމުން ދާއިރު ފިލިންގެ ވަށައިގެން ކޮންމެ ފަޅިއަކުންވެސް 3 ވަރަކަށް އިންޗި ހުހަށް ބަހައްޓަންވާނެއެވެ. އަދި ބާކީ އިން ބިސް ރަނގަޅަށް ގިރާލުމަށްފަހު މިބާގައި ހާކާލާށެވެ.

އެއަށްފަހު ކުރިން ބައިކުރި ޕަފް ޝީޓުގެ އަނެއްބައި ފިލިންގް އަޅާފައި ހުރި ޝީޓުގެ މަތީގައި ބޭއްވުމަށްފަހު އުލެއް ބޭނުންކޮށްގެން ދެޝީޓު ރަނގަޅަށް ބައްދާލާށެވެ. އަދީ މިޝީޓުގެ މަތީގައި ވަޅިއެއް ނުވަތަ އުލެއް ބޭނުންކޮށްގެން ލޯވަޅު އެޅުމަށްފަހު ގިރާފައި ބާކީ ހުރި ބިސް މީގެ މަތީގައި ރަނގަޅަށް ހާކާލާށެވެ.

އަވަން ގައި 30-35 މިނެޓްވަންދެން މި ޕައި ފިހެލަންވާނެއެވެ. އަދި ހިހޫ ކުރުމަށް 30 މިނެޓްވަރު ބަހައްޓާލުމަށްފަހު ކެފުން ރަނގަޅެވެ،

Leave a Reply

Your email address will not be published.

haftha.mv ©