Fri, 5 June, 2020, 10:36 am
ހަފްތާ ބަދިގެ – ޗޮކްލޭޓް ކުކީ ޓާޓް
40

ބޭނުންވާ ތަކެތި:

1 ޖޯޑު ރޯސްޓަޑް ވަލްނަޓްސް (ބޭނުންވައްތަރެއްގެ ނަޓެއް ބޭނުން ކުރެވިދާނެ)

3 ޖޯޑު މާރީ ބިސްކޯދު

2/3 ޖޯޑު ބަޓަރު

1 ޖޯޑު ހަކުރު

½ ޖޯޑު ކޮކޯ ޕައުޑަރު

1 ޖޯޑު ފެން

 ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ޑާރކް ޗޮކްލޭޓް (ކުދިކޮށް ކޮށާފައި)

½ ޖޯޑު ހެވީ ކްރީމް (ހޫނުކޮށް)

ގާނިޝް ކޮށްލުމަށް ނަޓްސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

މިކްސަރެއް ނުވަތަ ފުޑް ޕްރޮސެސަރެއްްގައި ވޯލްނަޓް އަދި މާރީ ބިސްކޯދު ފުނޑާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތަވައެއްގައި ބަޓަރު، ވެނީލާ އެސެންސް،ފެން، ހަކުރު އަދި ކޮކޯ ޕައުޑަރު އެއްކޮށްލުމަށްފަހު މަޑުގިނީގައި ދޭފަތަކުން ހަލަމުން ކައްކާލާށެވެ. ބޮކި ޖަހަން ފެށުމުން އުނދުނުން ބޭލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ކޮންޓެއިނަރެއްގައި ކުރިން ފުނޑި ބިސްކޯދު މިކުސް އާއި ދެންމެ އެނދުނުން ބޭލި މިކުސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއަކަށް މިމިކުސް އެޅުމަށްފަހު ޓްރޭގެ ފުލުގައި މިމިކްސް ދޭފަތަކުން ފަތުރާލާށެވެ. އެއަށްފަހު ސެޓް ކުރުމަށް ½1 ގަޑިއިރު ފްރިޖްގައި ބަހައްޓާލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ޑާރކް ޗޮކްލޭޓް އަދި ހެވީކްރީމް ރަނގަޅަށް އެއްކޮށްލާށެވެ. ހެވީކްރީމް އަޅަންވާނީ ހޫނުކޮށް ހުއްޓައެވެ. ޗޮކްލޭޓް ގަނޑެއްހެން ވަންދެކަށް މިމިކްސް އެއްކޮށްލަންވާނެއެވެ.

އެއަށްފަހު ކުރިން ފްރިޖަށްލީ ޓްރޭ ނެގުމަށްފަހު މި ޗޮކްލޭޓްގަނޑު ކުރިން ފަތުރާފައި ހުރި ބިސްކޯދު މިކުސްގެ މަތީގައި ފަތުރާލާށެވެ. ގާނިޝް ކޮށްލުުމަށް ނަޓްސްތައް މި ޗޮކްލޭޓްގަނޑު މަތީގައި ރީތިގޮތަކަށް އަތުރާލާށެވެ.

ދެން އަނެއްކާވެސް ސެޓް ކޮށްލުމަށް  ފްރިޖްގައި 3 ގަޑިއިރު ބަހައްޓާލާށެވެ.

މިއީ ހަދާލަން ފަސޭހަ އަދި އެހާމެ މީރު ރެސިޕީއެކެވެ.

Leave a comment

Your email address will not be published.