Sun, 23 February, 2020, 2:33 am
ހަފްތާ ބަދިގެ – ކްރީމީ ޑަބަލް ޑިލައިޓް

ބޭނުންވާ ތަކެތި:

2 ޖޯޑު ކްރީމް ޗީޒް

2 ޖޯޑު ވިޕްޑް ކްރީމް

1 ދަޅު ނެސްލޭ ކްރީމް

¼ ޖޯޑު ދިޔާ ކިރު

½ ދަޅު ގެރިކިރު

1 ޖޯޑު ދިޔާކޮށްފައި ހުރި ޗޮކްލޭޓް (ބޭނުން ވައްތަރެއް)

1 ޕެކެޓް މާރީ ބިސްކޯދު

1 ފޮށި ކޭކް މިކްސް (ފޮށީގައި ވާގޮތައް ތައްޔާރު ކުރެވިފައި)

ނޯޓް: ކޭކް މިކްސްއަކަށް ބޭނުން ވައްތަރެއްގެ ކޭކް މިކްސްއެއް ބޭނުންކުރެވިދާނެ.

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ކްރީމް ޗީޒް، ވިޕްޑް ކްރީމް، ނެސްލޭ ކްރީމް، ކިރު އަދި ގެރިކިރު ރަނގަޅަށް އެއްކުރުމަށްފަހު މިމިކްސްގެ އެއްބައި ނަގާ އެހެން ކޮންޓެއިނަރަކަށް އެޅުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ވަކިން ނެގި ކްރީމްކޮޅުގެ ތެރެއަށް ދިޔާކޮށްފައި ހުރި ޗޮކްލޭޓް އެޅުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތައްޔާރުކޮށްފައި ހުރި ކޭކް ކޮޅުތައް ޓްރޭއެއްގައި އަތުރާލާށެވެ. މީގެ މައްޗަށް ކުރިން ތައްޔާރުކުރި ހުދު ކްރީމްކޮޅުގެ ބައެއް އެޅުމަށްފަހު މީގެ މަތިގައި މާރީ ބިސްކޯދުތައް އަތުރާލާށެވެ. މާރީ ބިސްކޯދުތައް އަތުރަންވާނީ ކުޑަ ދިޔާކިރުކޮޅެއްގައި ފޯކުރުމަށްފަހުއެވެ.

މާރީ ބިސްކޯދުތަކުގެ މައްޗަށް ކުރިން ތައްޔާރުކުރި ޗޮކްލޭޓް ކްރީމްގެ ބައެއް އަޅައި ރަނގަޅަށް ޓްރޭގައި ފަތުރާލާށެވެ. މަތީގައި ރީތިކޮށްލުމަށް ގާނާފައި ހުރި ޗޮކްލޭޓް ނުވަތަ މަލްޓޭސާ ޗޮކްލޭޓް ބޭނުން ކުރެވިދާނެއެެވެ. ސެޓް ކުރުމަށް ފްރިޖްގައި 1 ގަޑިއިރު ބަހައްޓާލުމަށްފަހު އެހެރީ ކެއުމަށް ތައްޔާރުވެފައެވެ.

Leave a comment

Your email address will not be published.