Sun, 23 February, 2020, 3:44 am
ހަފްތާ ބަދިގެ – ޗިކަން ޕަކޯޅާ

ބޭނުންވާނެ ތަކެތި

250 ގ. ބޯންލެސް ޗިކަން (މިކްސަރުން ފުނޑާފައި)

2 ފިޔާ (ކޮށާފައި)

1 ސައި ސަމްސާ ކޮރިއެންޑާރ ޕައުންޑަރ

1 ސައި ސަމްސާ ދިރި

1 ސައި ސަމްސާ ލޮނުމެދު (ޗަސްކޮށްފައި)

1 ސައި ސަމްސާ ތެޅިމިރުސް

1 ސައި ސަމްސާ ލޮނު

3 މޭޒުމަތީ ސަމްސަ ލުނބޯ ހުތް

¾ ޖޯޑު ފުށް

¼ ސައި ސަމްސާ ބޭކިން ސޮޑަރ

1 ސައި ސަމްސާ ރީނދޫ

¼ ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ކުކުޅުކޮޅު އެޅުމަށްފަހު އޭގެ ތެރެއަށް ކޮރިއެންޑަރ ޕައުންޑަރ، ދިރި، ލޮނުމެދު، ތެޅިމިރުސް، ލޮނު އަދި ލުނބޯ ހުތް އަޅައި ރަނގަޅަށް އެއް ކޮށްލާށެވެ.

އިތުރު ކޮންޓައިނަރެއްގައި ފުށް، ބޭކިން ސޮޑަރ، ރީނދޫ އަދި ލޮނުކޮޅެއް އަޅައި   އެއްކޮށްލާށެވެ. އަދި މީގެ ތެރެއަށް އެތިއެތި ކޮޅުން ފެން އަޅަމުން އަނެއްކާ ވެސް އެއްކުރަމުންދާށެވެ.

މި މިކްސްގެ ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅު މިކްސް އެޅުމަށްފަހު، ފުށްގަނޑު ކުކުޅުކޮޅުގައި އުނގުޅޭނެހެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މި ކުކުޅުކޮޅު މިކްސްގެ މޭޒުމަތީ ސަމްސަލެއްގެވަރު ނެގުމަށްފަހު، ތެއްލާލާށެވެ. މިހިރީ ކެއުމަށް ތައްޔާރުވެފައެވެ.

Leave a comment

Your email address will not be published.