.
26 November 2014
މަޤްބޫލު ޙަބަރު

emirates_9

ކުރިއަށްއޮތް ޑިސެމްބަރމަހާއި ދިމާކޮށް ބައިނަލްއަޤްވާމީ ބޮޑެތި ބައެއް އެއަރލައިންތަކުން ރާއްޖެއަށް ބާއްވަމުން އަންނަ އުދުހުންތައް އިތުރުކުރަން ނިންމައިފިއެވެ.
ޑިސެމްބަރމަހުގެ ތެރޭގައި ރާއްޖެއަށް އުދުހުންތައް އިތުރުކުރުމަށް ނިންމާފައިވާ ބައެއް އެއަރލައިންތަކުގެ ތެރޭގައި ހިމެނެނީ، ވަން ވަރލްޑް ގެ ބައެއް އެއަރލައިންތަކުގެ އިތުރުން، ކުރިންވެސް ދިވެހިރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބައެއް އެއަރލައިންތަކެވެ. މިގޮތުން އެމިރޭޓްސް އެއަރލައިނުން މިހާރުވެސް ވަނީ އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އުދުހުންތައް ފަށާނޭ ތާރީހު ރަސްމީކޮށް އިއުލާންކޮށްފައެވެ.
ގަލްފް ބިޒްނަސް އޮންލައިނަށް ދެއްވި ބަސްދީގަތުމެއްގައި އެމިރޭޓްސް އެއަރލައިނުގެ ކޮމާޝަލް އޮޕަރޭޝަންގެ ވައިސް ޕްރެސިޑެންޓް އަހުމަދު ހޫރީ ވިދާޅުވީ “ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް ބާއްވާ އުދުހުންތައް އިތުރުކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ. އަދި މީގެ ތެރޭގައި ފަސެންޖަރ ފްލައިޓްގެ އިތުރުން ކާގޯ ފްލައިޓްގެ އުދުހުންތައް ހިމެނޭ” ހޫރީ ގެ އިންޓަރވިއުގައި ވިދާޅުވި.
އެމިރޭޓްސްގެ އިތުރުން ވަންވަރލްޑް އެއަރލައިންގައި ހިމެނޭ ކެތޭ ޕެސިފިކް އާއި ތުރުކީގެ ޤައުމީ އެއަރލައިން ފަދަ ބޮޑެތި އެއަރލައިންތަކުންވަނީ ފިނިމޫސުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ދަތުރުތަކަށް ހާއްސަ ފެއާތައް ތައާރަފްކޮށްފައި. އެއަރލައިންތަކުގެ ވިޔަފާރިއާއި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް މިހާރު ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރު އަންނަ ޑިސެމްބަރމަސް ނިމޭއިރު މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާނޭ ފަތުރުވެރިންގެ އަދަދު އެއްމިލިއަނަށް ވުރެ އިތުރުވެގެންދާނެ.

Leave a Reply

Your email address will not be published.

haftha.mv ©