• Sat, 4 July, 2020, 2:04 am

  ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ އެންމެ މުހިންމު އެއްމަސައްކަތަކީ ‏‏‏ބަލިތަކަށް ދުރާލާ ރައްކާތެރިވެވޭނެ ނިޒާމެއް ޤާއިމުކުރުން: ނައިބްރައީސް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  58266_49a1be3f-d_

  ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ރައްޔިތަކީ ފުރިހަމަ ޞިއްޙަތެއްގައި ‏‏ދިރިއުޅޭ ‏‏ރައްޔިތެއްކަން ކަށަވަރުކޮށް ދިނުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ‏‏‏ބަލިތަކަށް ދުރާލާ ރައްކާތެރިވެވޭނެ ފަދަ ނިޒާމެއް ޤާއިމުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

  އެމަނިކުފާނު މިހެން ވިދާޅުވީ، ‏‏މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން، ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް ‏‏1 ގެ ދަރިވަރުންނަށް ޙާއްޞަކޮށްގެން ކުރިއަށް ގެންދެވި މެޑިކަލް ސްކްރީނިންގގެ ނަތީޖާ ‏‏ޢާންމުކުރެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.‏

  ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮންމެ ދިވެހި ރައްޔިތަކީވެސް ‏‏ޞިއްޙީގޮތުން ރައްކާތެރި، ‏‏ދުޅަހެޔޮ މާޙައުލެއްގައި އުޅެން ބޭނުންވާނެ ރައްޔިތެއްކަމުގައި ‏‏ފާހަގަކުރެއްވިއެވެ. އަދި، ‏ގްރޭޑް 1 ގެ ދަރިވަރުންގެ މެޑިކަލް ސްކްރީނިންގ ޕްރޮގްރާމުގެ ‏‏ނަތީޖާއިން، ރާއްޖޭގެ ރައްޔިތުން ‏ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމަށްޓަކައި ކުރަމުން އައި ‏‏މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ‏ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު‏ ބަޔާންކުރެއްވިއެވެ.‏

  ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަދު ޢާންމުކުރެވިގެން ދިޔަ ‏‏ރިޕޯޓުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ނޭނގި ދިމާވާ ބޮޑެތި ބަލިތަކުން ‏‏ސަލާމަތްވުމަށްޓަކައި ކުރަމުންދާ ‏‏މަސައްކަތަށް ކުރިއެރުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ‏‏ވިދާޅުވިއެވެ. މީގެއިތުރަށް، ‏ބަލިތަކުގެ އިބްތިދާއީ މަރްޙަލާގައި އެބަލި ދަނެގަނެގަތުމަށް އެހީތެރިވެދޭނެ ‏‏ކަމުގައިވެސް ބަޔާންކުރެއްވިއެވެ. އަދި މި މަސައްކަތަކީ، ‏ރާއްޖޭގައި ޞިއްޙީ ދާއިރާއަށް ކުރަމުންދާ ‏‏ހޭދަ ކުޑަވެ، ތަރްތީބު ކުރެވިގެން ބަލިތަކަށް ފަރުވާހޯދުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައިވެސް ‏‏އެމަނިކުފާނު ފާހަގަކުރެއްވިއެވެ.‏

  ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަހަރު ކުރިއަށްގެންދިޔަ ހެލްތު ‏‏ސްކްރީނިންގގެ ފައިދާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ލިބިގެންދިއުމަކީ ސަރުކާރުގެ އަމާޒުކަމުގައި ‏ ‏‏ވިދާޅުވިއެވެ. ‏މިގޮތުން، ސާނަވީ މަރުޙަލާގައި ކިޔަވަމުންދާ ދަރިވަރުންނަށް މިފަދަ ޕްރޮގްރާމެއް ‏‏މިއަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާނެ ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ. ‏

   

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.