• Fri, 10 July, 2020, 1:54 am

  ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ ބޮޑުވަޒީރާއި އިންޑިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  58313_b9871e8e-1_

  ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި  ބައްދަލުކުރައްވައިފިއެވެ.

  18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޙާއްޞަކޮށް، ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ‏

  މީގެއިތުރަށް، ‏ސާކުގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، ސާކުގެ ހިންގުން ‏‏އިތުރަށް ‏‏ހަރުދަނާކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ‏‏މަޝްވަރާކުރެއްވިއެވެ.‏

  މިބައްދަލުކުރެއްވުމުގައި، ‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ‏‏އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ތަރައްޤީއާއި ‏‏ކުރިއެރުމަށްޓަކައި، ޕާކިސްތާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލެއްވުމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވިއެވެ.‏

  2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޙާބު ކާމިޔާބު ކުރައްވައި މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމ‏ަށް މަރުޙަބާ ވިދާޅުވިއެވެ. މީގެއިތުރަށް، 1998 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމަށްޓަކައި އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ބެހެއްޓެވި ފުރިހަމަ މެހްމާންދާރީގެ ހަނދާންތައް އާކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

  58330_e9b37e1c-5_

  އިންޑިއާގެ ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުންނާއި އެ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ސިއްހީ ‏‏ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އިންޑިޔާގެ އެހީތެރިކަން ރާއްޖެ އަށް ހޯއްދެވުމާއި ބެހޭ ގޮތުން ‏‏ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

  ‏”މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ‏‏ސަރުކާރުން ރާއްޖެ އަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވި އެވެ. އިންޑިޔާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ރާއްޖެ އަށް ބޭނުންވާ ކަންކަމުގައި، ‏‏އިންޑިޔާ ‏‏ސަރުކާރުން ރާއްޖެ އަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވި އެވެ.،” ރައީސް އޮފީހުން ބުންޏެވެ.

   

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.