Sat, 25 January, 2020, 9:40 am
މޫސުން ގޮސްވުމާއި ގުޅިގެން ވައިޓް އެލާޓް ނެެރެފި

ރާއްޖޭގެ ބައެއް ސަރަހައްދަކަށް މޫސުން ގޮސްވުމާއި ގުޅިގެން ވައިޓް އެލާޓް ނެެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފައި ވަނީ  ތ. އަދި ބ އަތޮޅުގެ ރަށްތަކަށެވެ. މެޓް އޮފީހުން ބުނީ މިއަދު މެންދުރު 12:15 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ބުނެފައިވާގޮތުގައި، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެއެވެ. އެހެން ނަމަވެސް، އެހެންހިސާބުތަކުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށް ބުނެފައިވާއިރު، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް ވެސް ބުނެފައި ވެއެވެ.

ދެކުނުގެ އަތޮޅުތަކުގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެންހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭހެނެކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ބުންޏެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިވަރަކަށް ގަދަވާނެކަމަށެވެ.