• Sat, 11 July, 2020, 6:27 pm

    ފުލުހުންގެ ބައެއް މަގާމުތަކަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ފުލުހުންގެ ބައެއް މަގާމުތަކަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

    އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް އަށް ޤާނޫނީ ލަފާދެއްވާ ލީގަލް ކައުންސިލާ ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. އެމަގާމަށް ވެސް މިހާރު ވަނީ އާބޭފުޅަކު އައްޔަން ކުރައްވާފައެވެ މީގެ އިތުރުން  މިފަހަރު އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފުލުހުންގެ އެންމެ މުހިންމު ޑިޕާޓްމަންޓް ކްރައިމް އިންވެސްޓިގޭޝަންސްގެ ޑެޕިއުޓީ ހެޑްގެ މަގާމުގައި ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ވަނީ އެމަގާމުން ދުރުކޮށްފައެވެ. އެމަގާމަށް އަލަށް ހަމަޖައްސާފައި ވަނީ ސްޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު އެވެ.

    ޗީފް ސްޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ހަމަޖެއްސީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ސީއީއޯގެ މަގާމަށެވެ. އެއީ މާބޮޑު ޒިންމާއެއް އަދާކުރައްވަން ނުޖެހޭ މަގާމެކެވެ.

    އިންފޮމޭޝަން އަދި ކޮމިޔުނިކޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑަކަށް، ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ޝުހާދު މިހާރު ހަމަޖައްސާފައި ވާއިރު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި ބޭފުޅާ މަގާމުން ދުރުކޮށް އެމަގާމަށް ސްޕްރިންޓެންޑެންޓް ހަސަން ހަނީފު ވަނީ އައްޔަން ކޮށްފައެވެ.

    ފުލުހުންގެ އިސް މަގާމުތަކަށް އަވަސް އަވަހަށް ބަދަލުތައް ގެންނަމުން ދާއިރު ބައެއް އޮފިސަރުންނާއި މެދު ފިޔަވަޅު އަޅާ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވެސް ވެއެވެ.

    ހިޔާލު ފާޅުކުރައްވާ