.
31 October 2017
މަޤްބޫލު ޙަބަރު

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގަށް ތިންވަނަ ކުއާޓަރުގައި 210މިލިޔަން ރުފިޔާގެ ފައިދާ އެއް ލިބިއްޖެއެވެ.

ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުޏަށް އާމްދަނީގެ ގޮތުގައި ީ 651މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އަދި މިއީ މިދިޔަ 2016ވަނައަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ 3 އިންސައްތަ އިތުރު އަދަދެކެވެ.

އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 209 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 626 މިލިއަން ރުފިޔާ ދިރާގަށް ވަނީ ލިބިފައިވެ އެވެ.

ދިރާގުގެ ހިއްސާއަކަށް މިިދިޔަ ކުއާޓަރުގައި ޖެހިފައި ވަނީ 2.77ރ ރ. އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނީ 2.75ރ. އެވެ،

ތިންވަނަ ކުއާޓަރުގައި ދިރާގުން ވަނީ ވަރަށް ގިނަ އާ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. މިގޮތުން “ދިރާގު ޓީވީ” ގެ ހިދުމަތް ވަރުގަދަ ކުރުމާއި ޒުވާނުންނަށް ހާއްސަކޮށް ގިނަ ހިދުމަތްތަކެއް ގެނެސް ދިނުން ހިމެނެ އެވެ. މީގެ ތެރޭގައި މަޝްހޫރު “ޔޮންޓާމިއުޒިކް” ރާއްޖެއަށް ގެނެސް ދިނުމުގެ އިތުރުން ރާއްޖޭގެ  ގިނަ ރަށްރަކަށް ފައިބާ ޓު ހޯމް (އެފްޓީޓީއެޗް) ގެ ހިދުމަތް ވެސް ދިރާގުން ވަނީ ދީފައެވެ.

haftha.mv ©