Sat, 25 January, 2020, 10:11 am
ފާރިސްގެ މައްސަލައިގެ ބެންޗު ބަދަލުކުރީ ރަނގަޅަށް: ހައިކޯޓް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ބައްލަވާ ބެންޗު ބަދަލުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުން އެގޮތަށް ނިންމިއިރު، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެކަމުގައި ގޮތް ކަނޑައަޅާނީ ހައިކޯޓުން ކަމަށެވެ.

ރިޝްވަތު މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓި މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ އެތައް މަހެއް ވެފައިވާއިރު، މައްސަލަ ނިމިފައިނުވާތީ ފާރިސްގެ އާއިލާ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ކުރީގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމެވެ.

މިހާރު އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.