މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ، ރައީސް މައުމޫން ހައްޔަރުކޮށްފައި ހުންނަވާތާ މިއަދަށް 180 ދުވަސް ވެފައިވާތީ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ”އެމަނިކުފާނު މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން“ ކަމަށެވެ.

ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ރައީސް މައުމޫން ހައްޔަރުކުރިގޮތަށް އެމަނިކުފާނު ބަހައްޓާފައިވަނީ ޖަލުގައެވެ.

ރައީސް މައުމޫން ޖަލުގައި ހައްޔަރުކޮށްފައި ހުންނެވުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) ވިދާޅުވީ، ރައީސް މައުމޫން ނުހައްގުން ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅޭ ގެންގުޅުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެ މަނިކުފާނު މިނިވަން ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©