Thu, 2 April, 2020, 1:29 am
އިންޑިއާގެ ކުށްވެރިޔަކު އެއާޕޯޓުން ހައްޔަރުކޮށްފި

ގިނަ ކުށްތަކެއްގައި ތުހުމަތު ކުރެވޭ، އިންޑިއާ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

އިއްޔެ ހުޅުލެއިން ހައްޔަރުކޮށްފައިވަނީ ސްރީ ނިރްމަލްދީޕް ސިންގު ސިދޫ ކިޔާ މީހެކެވެ. އެނގިފައިވާ ގޮތުގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް އޭނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ރާއްޖެއިން ދަނީ ކުރަމުންނެވެ.

ހައްޔަރުކުރި އިންޑިއާ މީހާއަށް ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުމާއި އަންހެނުންނަށް ގޯނާ ކުރުން ފަދަ ގިނަ ކަންތައްތަކެއްގައި ތުހުމަތު ކުރެވެއެވެ.

އޭނާއަކީ އައިޑެންޓިޓީ އޮޅުވާލައިގެން، އެކި ނަންނަމުގައި އުޅޭ މީހެއް ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އަދި އޭނާ މި ދުވަސްކޮޅު އުޅެނީ ހިންދޫ ދީނުގެ ފާދިރީއަކަށް ހެދިގެންނެވެ.

Leave a comment

Your email address will not be published.