މުޙައްމަދު އީމާން
07 October 2018
މަޤްބޫލު ޙަބަރު

ރަހައަށް އެކަނި ނުބަލައި ލޮލަށް ވެސް ބަލާށެވެ. ތިމާގެ އެންމެ ނާޒުކު އެއް ގުނަވަންކަމަށްވާ ލޮލުގެ ދުޅަހެޔޮކަން ގުޅިފައިވަނީ ތިމާ ކާ އެއްޗަކާއެވެ. ނޫނެކެވެ. ހަމައެކަނި ކެރެޓެއް ވެސް ނޫނެވެ.

މި ލިޔުމުގައި މި ބަލާލަނީ ތިމާގެ ލޮލުގެ ދުޅަހެޔޮކަމަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ހިމެނުން މުހިއްމު ބައެއް ކާނާއަށެވެ.

އެލްމަންޑް

އެލްމަންޑުގައި ހުންނަ ވިޓަމިން އީގެ ސަބަބުން އުމުރުން 60 އަހަރުން މައްޗަށް ދިއުމުން ގިނަ މީހުންނަށް ދިމާވާން ފަށައި، ލޯ އަދިރިވުން ނުވަތަ އޭޖް ރިލޭޓެޑް މަކުލާ ޑީޖެނެރޭޝަން (އޭއެމްޑީ) ވުން ލަސްކޮށްދެއެވެ. އަދި ލޮލުގެ ކަޅި ހުދުވެ، ލޮލުގެ ފެނުން ފުސްކޮށްދިނުމުން އެހީއަކަށްވެއެވެ.

ކެޝޫ ނަޓްސް

ކެޝޫ ނަޓްސްއަކީ ނުރައްކާތެރި އަލްޓާ ވައިލެޓް ދޯދިތަކުން ސަލާމަތްކޮށްދީ ލޮލުގެ ރެޓީނާ ފަށައިގެން ރައްކާތެރިކަމުގެ ލޭޔަރެއް އުފެދުމަށް އެހީވެދޭ ބާރުގަދަ އެންޓިއޮކްސިޑެންޓް ޕިގްމަންޓެއް ކަމަށްވާ، ޒީއަޒަންތިން ހިމެނޭ ކާނާއެކެވެ.

އޭގެ އިތުރުން ކެޝޫ ނަޓްސް އަކީ އުމުރުގެ ސަބަބުން ދިމާވާ އޭޖް ރިލޭޓެޑް މަކުލާ ޑީޖެނެރޭޝަން އިން އެހީވެދީ ލޮލުގެ ދުޅަހެޔޮކަމަށް މުހިއްމު އެއްޗެކެވެ.

ގީ

ގީ އަކީ ހަށިގަނޑަށް ކޮންމެ ދުވަހަކު ވެސް ބޭނުންވާ މުހިއްމު ވިޓަމިން ތަކެއް ކަމަށްވާ ވިޓަމިން އޭ، ޑީ، އީ އަދި ކޭ ގިނަ އަދަދަކަށް އެކުލެވޭ ކާނާއެކެވެ. އޭގެ ތެރެއިން ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ތޫނުކޮށްދީ ހަންގަނޑު މޮއިސްޓް ކޮށްދިނުމަށް މުހިއްމު ވިޓަމިން އެކެވެ.

ޑެއިރީ

ކަރާއި ޔޯގަޓް ފަދަ ޑެއިރީ ޕްރޮޑަކްޓްސް އަކީ ލޮލަށް ފައިދާ ހުރި އެއްޗިއްސެވެ. އޭގައި ވިޓަމިން އޭގެ އިތުރުން މިނެރަލް ޒިންކް ހިމެނެއެވެ. އެގޮތުން ވިޓަމިން އޭގެ ސަބަބުން ލޮލުގެ ލެންސްގެ ރައްކާތެރިކޮށްދޭއިރު، ހަށިގަނޑުގެ ފުރަމޭ ނުވަތަ ލިވާ އިން ވިޓަމިން އޭ ލޮލާ ހަމައަށް ގެނެސްދިނުމަށް ޒިންކު އެހީތެރިވެދެއެވެ.

ބްރޮކޮލީ

ހޯދުންތަކުން ޔަގީން ވެފައިވާ ގޮތުގައި އެންޓިއޮކްސިޑެންޓްސް ލުޓެން އަދި ޒީއަޒަންތިން ހުންނަ ކާނާއަކީ އިންފެކްޝަނަކުން ނުވަތަ އަނިޔާއަކުން ލޯ ރަތްވުމާއި ދުޅަވުމުގެ ނުރައްކަލުން ސަލާމަތްކޮށްދިނުމަށް މުހިއްމު ޕިގްމަންޓަކެކެވެ.

އެގޮތުން ސްޕިނޭޗް، ކިވީ އަދި ޒުވާރި ފަދައިން ބްރޮކޮލީއަކީ ވެސް މިބުނާ މާއްދާތައް އެކުލެވޭ ތަރުކާރީއެކެވެ.

ބިހުގެ ގޮބޮޅި (ރީނދޫ ބައި)

ބިހުގެ ގަބޮޅިއަކީ ހަމައެކަނި އެންޓިއޮކްސިޑެންޓެއް ކަމަށްވާ ލުޓެން އިން މުއްސަނދި އެއްޗެއް ނޫނެވެ. އޭގެ އިތުރުން އެ ބަޔަކީ ލޮލުގެ ފެނުމަށް މުހިއްމު ނިއުޓްރިޝަން ކަމަށްވާ އޮމެގާ 3، ޒިންކު އަދި ވިޓަމިން އީ ހިމެނޭ އެއްޗެކެވެ.

އޮރެންޖު

އޮރެންޖު އަދި އެހެނިހެން ސިޓްރަސް މޭވާ އަކީ ލޮލުގެ ދުޅަހެޔޮ ކަމަށް މުހިއްމު، ވިޓަމިން ސީ ހިމެނޭ މޭވާއެކެވެ. އޮރެންޖުގެ ސަބަބުން ލޮލުގެ ލޭ ހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ލޮލުގެ ކަޅި ހުދުވެ، ލޮލުގެ ފެނުން ފުސްކޮށްދިނުމާއި އޭޖް ރިލޭޓެޑް މަކުލާ ޑީޖެނެރޭޝަން އުފެދުން ހުއްޓުވައިދެއެވެ.

haftha.mv ©