• Sat, 4 July, 2020, 1:23 am

  މުސާރަބޮޑުކުރެވެން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން:އަދާލަތު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  CM4CwJ_UAAAPcLZ

  ސިވިލްސާވިސް މުވައްޒަފުންގެ މުސާރަބޮޑުކުރެވެން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ސަރުކާރުން ބުނާބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
  ސިވިލްސާވިސް މުވައްޒަފުން މަދުކުރުމަށް ރައީސްޔާމީންގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން މިއަދު އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުއްލި ގޮތަކަށް ސިވިލްސާވިސް މުވައްޒަފުން މަދުކުރުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކޮށް އެކަން ތަންފީޒުކުރުމަށްޓަކާ އަވަސް ފިޔަވަޅުތަކެއް އަޅަންފެށުމަކީ ޢަދާލަތު ޕާޓީން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. މިކަމުގެ ސަބަބުން މެދުފަންތީގެ ގިނަ އާއިލާތަކެއް ނިކަމެތިވެގެން ދިޔުމުގެ ބިރު އޮތުމުގެ އިތުރުން އިޤްތިސާދީ ފަރަގު ބޮޑުވެ، ނިކަމެތިން އިތުރަށް ނިކަމެތި ވަމުން ދިއުން ހުއްޓިގެން ނުދާނެކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
  ސިވިލްސާވިސް މުވައްޒަފުންގެ މުސާރަބޮޑުކުރެވެން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ސަރުކާރުން ބުނާބުނުމަކީ ޢަދާލަތު ޕާޓީން ޤަބޫލުކުރާ ވިސްނުމެއްނޫންކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް ހުއްޓުވާ، ބޭކާރުގޮތުގައި އިތުރުކުރަމުންދާ ސިޔާސީ މަޤާމުތައް މަދުކޮށްގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސޭނެކަމަށްވެސް އަދާލަތު ޕާޓިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

  civilehvun3001
  މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިވިލްސާވިސްގައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބިކަމަށް ސަރުކާރަށް ޤަބޫލުކުރެވޭ ނަމަ، އަދި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭކަމަށް ސަރުކާރަށް ފެންނަ ނަމަ، މިފަދަ ފިޔަވަޅުތައް އެޅުމުގެ ކުރިން ސިވިލްސާވިސްގައި މިވަގުތު ތިބި މުވައްޒަފުން މަގުމަތިކޮށްލުމުގެ ބަދަލުގައި، އެ މުވައްޒަފުންނަށް ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލަން ޖެނޭކެމަށެވެ.
  އަދާލަތުން މި ބަޔާން ނެރެފައި ވާއިރު، ފިނޭންސް މިނިސްޓްރީން މުވައްޒަފުން ވަކިކުރާ މައްސަލާގައި އެތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ވަނީ މަސައްކަތް ހުއްޓާލާފައި މިއަދު ވަނީ އިހުތިޖާޖުކޮށްފަ އެވެ.
  ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު އެންމެ ރަނގަޅު ގޮތް ކަމަށްވާ ބޮޑު މުސާރަ އާއި އިނާޔަތް ދެވޭނީ މުވައްޒަފުންގެ އަދަދު މަދުކޮށްގެން ކަމަށް ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވީ ސިވިލް ސާވިސް ކޮންމެ މުވައްޒަފެއްގެ މުސާރައިން 50 ރުފިޔާ އެކަނި ބޮޑު ކުރަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށާއި އެ އަދަދު އެއަށް ވުރެ އިތުރު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.