.
23 December 2015
މަޤްބޫލު ޙަބަރު

bridge

މާލެއާއި ހުޅުލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބްރިޖްއަޅާ ސަރަހައްދު ގެ ރާޅުތަކުގެ ބާރު މިނާއި ރާޅު ހުންނަ ބާރުމިނާއި،އެސަރަހައްދުގެ ކަނޑުއަޑީގެ ހާލަތު މޮނިޓަކުރަން މިހާރު ސެންސާސްތައް ހަރުކުރުމުގެ މަސައްކަތް ޗައިނާގެ ސީސީ، ސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނިންފަށައިފިއެވެ.
ބުރިޖްގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ސީސީ، ސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނިން މިމަސައްކަތް ފަށާފައިވަނީ އެމްއެންޑީއެފްއާއި ހައުސިންގ މިނިސްޓްރީއާއި ގުޅިގެންނެވެ. އެ ކުންފުނިން މިހާރުވަނީ މާލެއާއި،ހުޅުލެއާއި ދޭތެރޭ ކަނޑުގައި ބްރިޖް އަޅާ ސަރަހައްދުގައި ވޭވް ގައުޖް ބަހައްޓައިފައެވެ.މި ވޭވް ގައުޖް ބޭނުންކުރަނީ އެ ސަރަހައްދުގެ ރާޅުތަކުގެ ބާރު މިނާއި ރާޅު ހުންނަ ދިމާ ބެލުމަށްކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕްގެ ބްރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ސީސީ، ސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުންޏާއެވެ. މިމަސައްކަތް ކުރުމަށްޓަކައި ހެންވޭރު ކޮޅު ރާޅު ގަނޑު ސަރަހައްދު މިހާރުވަނީ ބަންދުކޮށް، އެސަރަހައްދުގެ ޓްރެފިކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
1.39 ކިލޯ މީޓަރުގެ ދިގު މިނުގެ، މި ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. ޗައިނާ ސަރުކާރުން މިމަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށްވަނީ ނިންމާފައެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނީ މި މަހު 30 ގަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©