.
23 December 2015
މަޤްބޫލު ޙަބަރު

ރަެެސ

ރާޢްޖޭގެ އިގްތިސާދު ކުރި އެރުވުމަށް ޗާއިނާ އާއި އެކު ވެވޭ ފްރީ ޓްރޭޑް އެގްރީމެންޓްގައި އަންނަ އަހަރުގެ ތެރޭގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އުފެއްދުންތެރިންގެ ގައުމީ މައުރަޒު އިފްތިތާހްކޮށްދެއްވުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.ރައީސް ވިދާޅުވީ، ޗައިނާ އާއި އެކު ރާއްޖެއިން ކުރަމުން އަންނަ އެންމެ މުހިއްމު އެއްކަމަކީ ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއި ކުރުން ކަމަށާއި، 2016ވަނަ އަހަރުގެ ތެރޭގައި މިކަމާ ގުޅޭ މުއާހަދާ ތަސްދީގުކޮށް ދެ ގައުމުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ފެށިގެންދާނޭކަމަށެވެ.
“ޗައިނާ އާއި އެކު ރާއްޖެއިން ކުރަމުން އަންނަ އެންމެ މުހިއްމު ކަމަކީ ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއި ކުރުން. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ފެށިގެންދާނެ” ރައީސް ވިދާޅުވިއެވެ.

ރަަަ

ޗައިނާ އާއި އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމުގެ މަޝްވަރާ ތަށް ކުރިއަށްދާ ކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރައްޔިތުންނަށް މުދާ ލިބުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް.
ރޭ ފެށުނު މަސައްކަތް ތެރިންގެ ގައުމީ މައުރަޒާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައި މަސައްކަތްރިންގެ ގައުމީ މައުރަޒު ބާއްވާނެ ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސައްކަތްތެރިންގެ މަސައްކަތްތަކަށް ހިތްވަރުދީ އެމީހުންނަށް އާމްދަނީ ހޯދޭނޭގެ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށޭވެ.
“މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް މަސައްކަތްރިންގެ ގައުމީ މައުރަޒު ބާއްވާނެ، އަޅުގަނޑުމެންގެ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސައްކަތްތެރިންގެ މަސައްކަތްތަކަށް ހިތްވަރުދީ އެމީހުންނަށް އާމްދަނީ ހޯދޭނޭ އިތުރު ގޮތްތަކެއް ހޯދާއިދީއެކަމަށް ބޭނުންވާނެ މަގު ފަހިކޮށްދިނުން” ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©