Sun, 29 March, 2020, 11:43 am
އޮލިވްސް: ނުކައި ދޫކޮށްލެވޭކަށް ނެތް!

ކެއުމުގައި އޮލިވްސް ހިމަނަން ހެއްޔެވެ؟ ތިބާގެ ޖަވާބަކީ ނޫނެކޭނަމަ، ކެއުމުގައި އޮލިވްސް ހިމެނުމަށް އަވަސް ވެގަންނާށެވެ.

ކަންމަތީ ފިހާރަކުންވެސް ފަސޭހައިން ލިބެން ހުންނަ އޮލިވްސް ކެއުމުގައި ނުހިމަނަންވީ ސަބަބެއް ވެސް ނެތެވެ. އެއީ ސިއްހަތަށްވެސް ފައިދާ ހުރި ވަރަށް މީރު މޭވާ އެކެވެ. އެގޮތުން މި ލިޔުމުގައި އޮލިވްސް ކާންވީ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

ހިތުގެ ދުޅަހެޔޮކަމަށް އޮލިވްސް

އޮލިވްސްގައި މޮނޯ އަންސެޗިއުރޭޓެު ފެޓު ގިނަ އަދަދަކަށް އެކުލެވެ އެވެ. މޮނޯއަންސެޗިއުރޭޓެޑު ފެޓަކީ ހަށިގަނޑުގައި ހުންނަ ނުބައި ކޮލެސްޓުރޯލް ދަށް ކޮށްދޭ އަދި ރަނގަޅު ކޮލެސްޓުރޯލް މެއިންޓެއިންކޮށްދޭ އެއްޗެކެވެ.

ހަމައެއާއެކު، އެކްސްޓުރާ ވާޖިން އޮލިވް އޮއިލް ބޭނުން ކުރާ މީހުންނަކީ ހާޓު އެޓޭކު ޖެހުމުގެ ފުރުސަތު ކުޑަ އަދި ލޭ މައްޗަށް ދިއުންވެސް ކޮންޓުރޯލް ކުރެވިފައިވާ މީހުންނެވެ.

ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓުވެސް އެކުލެވޭ އޮލިވްސް އަކީ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދޭ އެއްޗެކެވެ. ހަމައެއާއެކު އެއީ އޮކްސިޑޭޓިވް ސްޓްރެސް ވެސް ކުޑަ ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ކަށީގެ ދުޅަހެޔޮކަމަށް ވެސް އޮލިވްސް

އޮލިވްސް ގައި ޕޮލިފެނޮލްސް ވެސް އެކުލެ އެވެ. އެއީ ކަށި ފީވުމުންވެސް ރައްކާތެރިކޮށްދޭނެ މާއްދާ އެކެވެ. އެހެންކަމުން ވީހާވެސް ގިނައިން ކެއުމުގައި އޮލިވްސް ހިމަނާށެވެ.