.
24 December 2015
މަޤްބޫލު ޙަބަރު

medium_66079

ކުރީގެ ޑިފެންސް މިނިސްޓާރ ކާނަލް ރިޓަޔަރޑް މުހަންމަދު ނާޒިމްގެ މައްޗަށް ކްރިމިނަލްކޯޓުން ކޮށްފައިވާ ޖަލުޙުކުމުގެ އިސްނިއުނާފްގެ ދެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓާރ ކާނަލް ރިޓަޔަރޑް މުހަންމަދު ނާޒިމްގެ މައްޗަށް ކްރިމިނަލްކޯޓުން ކޮށްފައިވާ ޖަލުޙުކުމުގެ އިސްނިއުނާފްގެ ދެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ހައިކޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 11:15 ގައެވެ. އަދި ދެވަނަ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ ހަމަ ދުވަހުގެ މެންދުރު 1:00ޖަހާއިރުކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
ނާޒިމްގެ ޖަލުހުކުމާއި ގުޅޭގޮތުން އެންމެ ފަހުން ހައިކޯޓްގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުންވަނީ މައްސަލައާއި ގުޅޭ ސިއްރު ލިޔުމެއް ހުށަހަޅާފައެވެ. އަދިއެ ލިޔުމަކީ ދަށު ކޯޓުން ނާޒިމްގެ މައްޗަށް ހުކުމް ކުރި ފަހުން ފާހަގަވެފައިވާ ބައެއް ކަންކަން ހިމެނޭ ލިޔުމެކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ނާޒިމްގެ މައްޗަށް ދަޢުލަތުން ހުކުމް އިއްވާފައި ވަނީ އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ. ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވިގޭގެ ކޮޓަރިތެރެއިން ފިސްތޯލައެއް ފެނުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©