.
27 December 2015
މަޤްބޫލު ޙަބަރު

moosa zameeru

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލައް ތަރައްގީ ކުރަން ހަމަޖެހިފައިވާ އާ ރަންވޭ އެޅުމަށް ތިންސަތޭކަ ހަތްދިހަ ތިން މިލިއަން ޑޮލަރުގެ ލޯން އެހީ ހަމަޖެހިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެއަރޕޯޓްގައި އަލައް ތަރައްގީ ކުރަން ހަމަޖެހިފައިވާ ރަންވޭގެ އެންމެފަހުގެ ވާހަކަ ތަކުގައި ބައިވެރިވުމަށް ޗައިނާގެ ބެއިޖިންގ އަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރަށްގީކުރަން ހަމަޖެހިފައިވާ އާ ރަންވޭއެޅުމަށް ލޯ އިންޓްރެސްޓް ރޭޓްގައި، ދިގު މުއްދަތުން ދައްކާ ގޮތައް ލޯން އެހީ ދޭން ޗައިނާގެ އެގްޒިން ބޭންކުން ނިންމާފައިވާ ކަމަށާއި، އެއީ ތިންސަތޭކަ ހަތްދިހަ ތިން މިލިއަން ޑޮލަރުގެ ލޯނެއްކަމަށެވެ.
މިލޯން އެހީގައި އެއަރޕޯޓްގައި 3600 މީޓަރުގެ ރަންވޭއެއް ތަރައްގީކޮށް 18-3އޭ މަތިންދާބޯޓް ޖެއްސޭ ފެންވަރައް ތަރައްގީ ކުރައްވާނެކަމަށާއި، އެރަންވޭ ނިމުމުން މިހާރުގެ ރަންވޭ ބޭނުން ކުރާނީ ޓެކްސީ ވޭއަކަށް ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ޗައިނާގެ ބެއިޖިންގައި އޮންނަ މިބައްދަލްވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޓްއަރިޒަމް މިނިސްޓަރގެ އަރިހުގައި، ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް އަދި ފިނޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުނައްވަރު ވަނީ ފުރާ ވަޑައިގަންނަވާފައި، މި ބައްދަލް ވުމުގައި އެއަރޕޯޓްސް ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ބާއްވާގޮތަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ރަންވޭ ތަރަށްގީކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެފަހު މުއާމަލާތްތައް ކުރިއަށް ދާނެކަމަށާއި، އަންނަ ޖެނުއަރީ މަސްތެރޭ މަސައްކަތް ފެށޭނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޓުއަރިޒަމް މިނިސްޓަރ ޒަމީރު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©