.
06 December 2018
މަޤްބޫލު ޙަބަރު

ކުރީގެ ވަޒީރު ސަންލޭންޑް ހޮޓެލްސްގެ ހިއްސާދާރު ހުސައިން ހިލްމީ ހައްޔަރުކޮށްފި އެވެ.

ކުރިން ޔޫތު މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރައްވާފައިވާ ވިޔަފާރިވެރިޔާ ހުސައިން ހިލްމީ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ބުދަދުވަހުގެރޭގެ ވަގުތެއްގައެވެ. ހިލްމީ މިވަގުތު ހުންނެވީ އަތޮޅުވެހީގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

ރާއްޖޭގައި ބައެއް ރިސޯޓުތައް ހިންގާ ސަންލޭންޑް ހޮޓެލްސްގެވެސް އެއް ހިއްސާދާރު ކަމުގައިވާ ހުސައިން ހިލްމީ ހިލްމީ ހައްޔަރުކުރީ ބައުންސް ޗެކްތަކެއްގެ މައްސަލައިގައި ކަމަށް އެނގިފައިވެ އެވެ.

ހުސައިން ހިލްމީ ހައްޔަރުކުރިއިރު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޭނާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރުމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ހިލްމީ ވަނީ އެއްބަސްވެފަ އެވެ.

ހުސައިން ހިލްމީ ހައްޔަރުކުރި މައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

haftha.mv ©