މުޙައްމަދު އީމާން
06 December 2018
މަޤްބޫލު ޙަބަރު

ރައީސް އޮފީހުގެ މިނިސްޓަރަކަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު އައްޔަން ކުރައްވައިފިއެވެ.

އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އޮފީހުގައި މިހާރު ތިއްބަވަނީ ތިން މިނިސްޓަރެކެވެ. އެއީ އަލީ ޝިޔާމް (ތްރީއޭ) އާއި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒެވެ.

އޭގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރުގެ މަގާމަކީ ވެސް މިނިސްޓަރެއްގެ މަގާމެވެ.

haftha.mv ©