މުޙައްމަދު އީމާން
06 December 2018
މަޤްބޫލު ޙަބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސަރުކާރުގެ މިނިސްޓްރީތަކަށް އިތުރު ނުވަ ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރުންނަށް އައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރީ މިއަދު މެންދުރު އެކަމަށްޓަކާ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދު ސްޓޭޓް މިނިސްޓަރުންނަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ:

1. ހޯމް މިނިސްޓްރީއަށް ހަސަން ޝުޖާއު

2. ފިނޭންސް މިނިސްޓްރީއަށް އިސްމާއިލް އަލީ މަނިކު

3. ނޭޝަނަލް ޕްލޭނިން މިނިސްޓްރީއަށް މުހައްމަދު އަލީ

4. ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓްރީއަށް އަލީ ސޯލިހް

5. އެޑިއުކޭޝަން މިނިސްޓްރީއަށް އަހުމަދު ރިޔާޒު

6. ފިޝަރީޒް މިނިސްޓްރީއަށް މުހައްމަދު އަހުމަދު

7. ޔޫތް މިނިސްޓްރީއަށް އަޝްހާދު އަލީ

8. ހައުސިން މިނިސްޓްރީއަށް އަހުމަދު ނަޝީދު

9. ޖެންޑާ މިނިސްޓްރީއަށް ފަޒްނާ ޝާކިރު

މިބޭފުޅުންނާއެކު މިހާރު ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ޖުމްލަ އަދަދަކީ 40 އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އައްޔަން ކުރައްވާފައި ތިއްބެވި ނުވަ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރ ލެވެލްގެ އިތުރު ދެ މަގާމެކެވެ.

މިއަދު ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ބޭފުޅުންނާއެކު މިނިސްޓްރީތަކުގައި ތިއްބަވާ ސްޓޭޓް މިނިސްޓަރުންގެ އަދަދު:

ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވާ މިނިސްޓްރީތައް:

* ނޭޝަނަލް ޕްލޭނިން މިނިސްޓްރީ

* އެޑިއުކޭޝަން މިނިސްޓްރީ

ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާ މިނިސްޓްރީތައް:

* ފޮރިން މިނިސްޓްރ

* ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ

* ހެލްތު މިނިސްޓްރީ

* އެކޮނޮމިކް މިނިސްޓްރީ

* ފިޝަރީޒް މިނިސްޓްރީ

* ޖެންޑާރ މިނިސްޓްރީ

* އެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ސްޓޭޓް މިނިސްޓަރަކު ތިއްބަވާ މިނިސްޓްރީތައް:

* ހޯމް މިނިސްޓްރީ

* ފިނޭންސް މިނިސްޓްރީ

* ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

* ޓްރާންސްޕޯޓް މިނިސްޓްރީ

* ހެރިޓޭޖް މިނިސްޓްރީ

* ޓޫރިޒަމް މިނިސްޓްރީ

* އިސްލާމިކް މިނިސްޓްރީ

* ހައުސިން މިނިސްޓްރީ

* ޔޫތް މިނިސްޓްރީ

haftha.mv ©