.
19 މާރޗް 2019
މަޤްބޫލު ޙަބަރު

ރާއްޖެ އަންނަ ކްރޫޒްލައިނަރތަކަށް މާލެއާ 0.6 ނޯޓިކަލް މޭލު ބޭރުން ބަނދަރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބޭރު ޤައުމްތަކުން ރާއްޖެ އަންނަ ކްރޫޒްލައިނަރތައް ބަނދަރުކުރަން ޖެހޭ ސަރަޙައްދު ދުރުވުމުގެ ސަބަބުން ފަތުރުވެރިން މާލެ ގެނައުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާކަން ފާހަގަކޮށް، ކްރޫޒްލައިތަށް އޮޕަރޭޓްކުރާ ފަރާތްތަކުން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ކުރިން ވެސް ބަނދަރުކުރަމުން އައިގޮތަށް މާލެއާ 0.6 ނޯޓިކަލް މޭލު ބޭރު ސަރަޙައްދަށް ބަދަލުކޮށްދިނުމަށް އެފަރާތްތަކުން އެދިފައިވާ ކަމަށާއި، އެހެންކަމުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް، އެ ފަރާތްތަކުގެ ލަފައާއެކު، ރާއްޖެ އަންނަ ކްރޫޒްލައިނަރތައް ކުރިންވެސް ބަނދަރުކުރަމުން އައި ސަރަޙައްދުގައި ބަނދަރުކުރެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

haftha.mv 2004 ©