މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

އައްޝައިހް އިލްޔާސް ހުސެއިންގެ ދަރުހެއް މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ދަރުސް އިންތިޒާމް ކުރާ އިސްލާމިކް މިނިސްޓްރީން ބުނީ، ދަރުސް އޮންނާނީ މިރޭ 8:30 ގައި އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ.

ދަރުސް ދެއްވާނެ މައުޟޫއަކީ ”ބާއްޖަވެރި އާއިލާ“ އެވެ.

މިރޭ ދެއްވާ ދަރުހާ ގުޅޭގޮތުން ޝައިހް އިލްޔާސް ވިދާޅުވީ، އާއިލީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ކޮންމެ ދެމަފިރިއަކަށް މިރޭގެ ދަރުސް އަޑުއެއްސެވުން އެދޭ ކަމަށާއި އިރާދަކުރެއްވިއްޔާ ފައިދާ ކުރާނެ ކަމަށެވެ.

ޝައިހް އިލްޔާސްގެ ދަރުހެއް މިރޭ ބާއްވާއިރު، މިއީ ސަރުކާރު ބަދަލުވި ފަހުން އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވާ ފުރަތަމަ ދަރުހެވެ.

haftha.mv 2004 ©