.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ބަންދުކުރެވިފައިވާ ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އަށް ޖަމާކޮށްފައި ހުރި ފައިސާ މިއަހަރުގެ މާޗް މަހުގެ 31 ގެ ކުރިން ފަައިސާ ނެގުމަށް އެމްއެމްއޭ އިން ފަހު ފުރުސަތު ދީފި އެވެ.

އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބީސީސީއައިގެ މާލޭ ގޮފީގެ ޑިޕޮސިޓަރުންގެ ތެރެއިން އާންމު ފަރާތްތަކަށް ލިބެންޖެހޭ ފައިސާ 5 އޮގަސްޓް 1998 އިން ފެށިގެން ދޫކުރަމުންދާ ކަމަށާއި، އެހެންކަމުން ފައިސާ ޑިޕޮސިޓް ކޮށްފައިވާ ފަރާތްތަކުން ފައިސާ ނެގުމަށް ތަކުރާރުކޮށް އިއުލާންކުރުމުންވެސް ބައެއް ފަރާތްތަކުން އަދިވެސް ފައިސާ ނަގާފައިނުވާ ކަމަށެވެ.

އެމްއެމްއޭއިން ވަނީ ބުނީ ބީސީސީއައި މާލޭ ގޮފީގެ ޑިޕޮސިޓަރުންގެ ތެރެއިން މިހާތަނަށް ފައިސާ ނަގާފައި ނުވާ އާންމު ފަރާތްތަކުން، މިއަހަރުގެ މާޗް މަހުގެ 31 ގެ ކުރިން ފަައިސާ ނެގުމަށް އެދޭކަމަށެވެ. އަދި މާޗު 31 ގެ ފަހުން، އެމްއެމްއޭ އިން އެ ބޭންކުގެ ޑިޕޮސިޓަރުންގެ ފައިސާ ދޫކުރުން ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެމްއޭގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ވަނީ ފައިސާ ނުނަގާ ތިބި ދެހާހަށްވުރެ ގިނަ ފަރާތްތަކެއްގެ މައުލޫމާތު ވެސް އެ އިިއުލާނާ އެކު އާންމުކޮށްފަ އެވެ.

haftha.mv 2004 ©