މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

މި އަހަރަށް ރައްޔިތުން މަޖިލީހުގެ ހުޅުވުމަށް ބާއްވާ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ. އަދި ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް އެ އިދާރާއިން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

އެ ޖަލްސާގައި ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާނެއެވެ.

މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހު ބާއްވާއިރު، މިއީ މަޖިލީހުގެ އެންމެ ފަހު ދަރުރެވެ. އަންނަ އޭޕްރިލް މަހު އާ މަޖިލީހުގެ އިންތިހާބު ބާއްވާނެއެވެ.

haftha.mv 2004 ©