މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި ހުންނަވާ ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރ އަދި ހޯސްޓް މަރިޔަމް ވަހީދާ ހަމަޖައްސަވައިފިއެވެ.

އެ މަގާމަށް މަރީ ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކުރެއްވީ، ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އަދި މަރީއާއެކު މިނިސްޓަރު ބައްދަލުކުރައްވައި އެ މަގާމުގެ ޒިންމާތަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑު މެންބަރުކަމަށް ދާދިފަހުން އައްޔަންކުރެއްވި މަރީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިވް ކޯޕަރޭޝަން (އެމްއެންބީސީ) ގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

haftha.mv 2004 ©