.
19 މާރޗް 2019
މަޤްބޫލު ޙަބަރު

މާލޭގެ ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު ހަވީރު 4:30 އެހާކަންހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ ނ. ރަންމާގުލްޝަން ގެއިންނެވެ.

އެއީ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ޒުވާނާ މަރުވެފައި އޮތީ އެ ގޭގެ ތިން ވަނަ ބުރީގައެވެ.

ފުލުހުން މިހާރު ވަނީ އެ ޒުވާނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލޭގެ ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނުނުއިރު، ހުޅުމާލޭގައި ރޭ އުމުރުން 27 އަހަރުގެ އަންހެން ކުއްޖަކު މަރުވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާ މަރުވީ އޯވަޑޯޒް ވެގެންނެވެ.

haftha.mv 2004 ©