މުޙައްމަދު އީމާން
22 January 2019
މަޤްބޫލު ޙަބަރު

ފިހާޅޮހި އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު މަރުވެފައި އޮއްވާ ފެނުނީ އިޓަލީއަށް ނިސްބަތްވާ އުމުރުން 74 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ އުޅޭ ކޮޓަރިތެރޭގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނުނުއިރު، މިމަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ހަތަރު ފަތުރުވެރިއަކު ވަނީ މަރުވެފައެވެ.

އޭގެ ތެރެއިން ވެސް ގިނައީ ގެނބުމުގެ އެކި ހާދިސާތަކުގައި މަރުވި މީހުންނެވެ.

haftha.mv ©