މުޙައްމަދު އީމާން
10 February 2019
މަޤްބޫލު ޙަބަރު

ގއ. ވިލިނގިލީގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، މިރޭ 23؛22 ހާއިރު ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ އުމުރުން 28 އަހަރުގެ މީހެއް ކަމަށާއި އޭނާއަށް އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ.

ނަމަވެސް އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލައާ ގުޅިގެން 28 އަހަރުގެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހާދިސާގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

haftha.mv ©