.
10 February 2019
މަޤްބޫލު ޙަބަރު

އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ގެންދާ ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 90 ލާރި ބޮޑުކޮށް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކަމުން ގެންދާނީ 10.89 ރުފިޔާ އަށެވެ.

އެސްޓިއޯއިން ބުނީ ޑީސަލް ވިއްކާ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 9.99 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 10.19 ރުފިޔާ އަށެވެ.

ޑީސަލް ލީޓަރެއް ވިއްކާ އަގު މިއަދުން ފެށިގެން ބޮޑު ކުރި ނަމަވެސް އެސްޓީއޯ އިން ޕެޓްރޯލް ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

haftha.mv ©