މުޙައްމަދު އީމާން
14 February 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) ގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހިންގި ތަހުގީގުގެ ތަފްސީލު ރިޕޯޓު އެ ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

މީގެ އިރުކޮޅެއް ކުރިން އޭސީސީގެ ވެބްސައިޓްގައި ޝާއިއުކުރި 776 ސޮފްހާގެ އެ ރިޕޯޓުގައި އެ ހިޔާނާތް ހިންގުމުގައި މެދުވެރިއަކަށް ބޭނުންކުރި އެސްއޯއެފް އާއި އެ ކުންފުނިން ފައިސާ ފޮނުވާފައިވާ އެކި ފަރާތްތަކުގެ މައުލޫމާތާއި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަންތައް ވެސް އާންމުކޮށްފައިވެއެވެ. އަދި އޭސީސީއިން އެ ތަހުގީގު ހިންގުމުގައި އަމަލު ކުރި އުސޫލުތަކުގެ ތަފްސީލްތައް ހިމެނެ އެވެ.

އޭސީސީން މި ރިޕޯޓްގައި 57 ރަށެއްގެ މައްސަލަ ވަނީ ބަލައިފައެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ވަނީ ވަރަށް ބޮޑު ހިޔާނާތެއް ވެފައެވެ. އެގޮތުން އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.

ތަފްސީލް އަންނަނީ …

haftha.mv ©