މުޙައްމަދު އީމާން
14 February 2019
މަޤްބޫލު ޙަބަރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދަށް ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު ލިބުނުކަން ހާމަވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކުރި ހިޔާނާތުގެ ރިޕޯޓުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް އެ ފައިސާ އަމިއްލަ ފަރާތްތަކަށާއި އަމިއްލަ ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

އޭގެ ތެރެއިން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ކުންފުނިތައް ވެސް ހިމެނޭއިރު ރިޔާޒު ރަޝީދަށް އެކަނި 424,255 ޑޮލަރު ލިބިފައިވެއެވެ.

އޭގެ އިތުރުން ރިޔާޒު ރަޝީދު ޗެއާމަން ކަން ކުރައްވާ މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް 455,000 ޑޮލަރު ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

haftha.mv ©