މުޙައްމަދު އީމާން
14 February 2019
މަޤްބޫލު ޙަބަރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލަށް 29000 އެމެރިކާ ޑޮލަރު ލިބުނުކަން ހާމަވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކުރި ހިޔާނާތުގެ ރިޕޯޓުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް އެ ފައިސާ އަމިއްލަ ފަރާތްތަކަށާއި އަމިއްލަ ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

އޭގެ ތެރެއިން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ކުންފުނިތައް ވެސް ހިމެނޭއިރު ބައްސާމަށް ވަނީ 29000 ޑޮލަރު (447180 ދިވެހި ރުފިޔާ) ވަނީ ޖަމާކޮށްފައެވެ.

haftha.mv ©