މުޙައްމަދު އީމާން
13 March 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީގެ “އޯޕަންމައިކް ނައިޓް” މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.

ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނަށާއި އެދާއިރާގެ ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ އެ ހަރަކާތް އޮންނާނީ މާދަމާ ރޭ 8 އަކުން 10 އަކަށް ހުޅުމާލެ ފެރީޓާމިނަލް މަތީގައި ހުންނަ ސީހައުސްގައި ބާއްވާ ރޭގަނޑުގެ ކެއުމަކާއެކުއެވެ.

ލައިވް މިއުޒިކާއެކު ވީހާވެސް ބޮޑަށް އެކުވެރި މާހައުލެއްގައި ކުރިއަށްދާ އެ ހަރަކާތުގައި އަލްހާނާ ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އެ ހަރަކާތް އޮންނާނެކަން އިއުލާންކުރައްވާ އަލްހާން ވެސް ވިދާޅުވެފައިވަނީ، ސުވާލުތައް އެއްސެވުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ ހުންނެވީ ހުރިހާ ސުވާލެއް އައްސަވާ ހުރިހާ ޖަވާބެއް ދެއްވަން ކަމަށް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©