.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ނެއްލައިދޫގައި އާދަޔާ ޚިލާފަށް ހުވަނި ގިނަވެ ރައްޔިތުންނަށް ބޮޑެތި ދަތިތަށް ކުރިމަތިވާން ފަށައިފިއެވެ.

ހދ. ނެއްލައިދޫން ”ހަފްތާ“ އާއި ވާހަކަދެއްކި މީހަކުބުނީ ހުވަނި ފުރަތަމަ އަޅަންފަށާފައިވަނީ ރަށުގެ ހޭޅިފަށާއި ކައިރީގައި ހުންނަ މިދިލިގަސްތަކުގައިކަމަށެވެ. އަދި މިހާރު ހުވަނީގެ އުދަގޫ ގޭތެރެއަށް ފޯރާފައިވާކަމަށާއި، މިހާރު އުޅެން އުދަގޫވާވަރަށް ހުވަނަި ރަށުތެރޭގައި ފެތުރިފައިވާކަމަށެވެ.

ނެއްލައިދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ ހުވަނި ކޮންޓްރޯލްކުރުމަށް ސިފައިންގެ އެހީތެރިކަަމަށް އެދުމުން އެރަށުގައި ހުވަނި ނައްތާލުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި މައްސަލަ ދިމާވާތާ ދެ މަހެއްހާ ދުވަސް ވެއްޖެކަމަށް އެރަށުކައުންސިލުން ބުނެއެވެ.

“ ހުވަނި ކޮންޓްރޯލްކުރުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމުން ރަށުގައި ސިފައިން ގެންދަނީ ހުވަނި ނައްތާލުމުގައި އެހީތެރިވަމުން. މިހާރު ރަށުތެރޭގެ ގަސްތަކާ ފާރުތަކުގެ އިތުރުން ގޭތެރޭގައިވެސް ހުވަނިވަނީ އަޅާފަ،“ ކައުންސިލްގެ މެންބަރު ވިދާޅުވިއެވެ.

ނެއްލައިދޫގައި ހަރަކާތްތެރިވާ ސިފައިން އަންނަނީ އެރަށުގައި ހުރި ގަސްތަކަށް ހުވަނި މަރަން ސްޕްރޭޖަހަމުންނެވެ. ނެއްލައިދޫގައި ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ގިނައަދަކަށް ހުވަނި  ފެތުރެއެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©