މުޙައްމަދު އީމާން
27 March 2019
މަޤްބޫލު ޙަބަރު

ފ. ދަރަނބޫދޫގައި ހުންނަ މިސްކިތުގައި އަވިން ހަކަތަ އުފައްދާ ސޯލާޕެނަލް ހަރުކޮށް އޭސީ ކޮށްފިއެވެ.

މިއީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތައް އޭސީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރެއިން އޭސީ ކުރި ފުރަތަމަ މިސްކިތެވެ.

ފ. ދަރަނބޫދޫގައި ހުންނަ މަސްޖިދުއް ތަޤްވާގައި ސޯލާ ހަރުކޮށް އޭސީ ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އޭގެ އިތުރުން ހއ. ބާރަށުގައި ހުންނަ މިސްކިތުގައި ސޯލާ ހަރުކޮށް އޭސީ ކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ.

މިސްކިތްތަކުގައި ސޯލާ ހަރުކޮށް އޭސީ ހަރުކުރުމުގެ މަސައްކަތް މިއަދު ފެށިއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޭސީ ނުކޮށްހުރި މިސްކިތްތައް ދެނެގަނެ، އެ މިސްކިތްތަކުގައި އޭސީ ހަރުކުރާނެ ގޮތްތައް ވަނީ ހޯދައިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ދަށުން 553 މިސްކިތެއް އޭސީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©