Mon, 1 June, 2020, 6:13 pm
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަނީ
2

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ނިންމައިފިއެވެ.

ގދ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އާ އިމާރާތެއް އަޅަން ނިންމީ މިހާރު ހުރި އިމާރާތުގައި އެކަމަށް ބޭނުންވާ ޖާގަ ނެތުމާއި، ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރެވެން ނެތުމުންކަމަށް ހެލްތުމިނިސްޓްރީންވަނީ ވިދާޅުވެފައެވެ. އަދި މިހާރު ހުރި އިމާރާތަކީ އިތުރަށް ބޮޑު ކުރެވޭ ގޮތަށް ހަދާފައިވާ އިމާރާތެއް ނޫންކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

ހެލްތް މިނިސްޓްރީއިން މިހާރުވަނީ އެ ހޮސްޕިޓަލުގެ އާ އިމާރާތް ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށްވެސް މިހާރު އިޢުލާންކުރައްވާފައެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ހޮސްޕިޓަލުގެ ޕްލޭންތައް ހަދަމުންދަނީ އެ ސަރަޙައްދަށް އެންމެ ބޭނުންވާ ޚިދުމަތްތައް ދެނެގަތުމަށްފަހުކަމަށާއި، އެހެންކަމުން ހޮސްޕިޓަލުގެ އާ އިމާރާތުން ޚިދުމަތްދޭން ފަށާއިރު މިހާރު ތިނަދޫއިން ލިބެން ނެތް އިތުރު ދާއިރާތަކުން ސްޕެޝަލިސްޓް ޚިދުމަތްތައްވެސް ލިބޭނެކަމަށް ތަސްލީމާ ވިދާޅުވިއެވެ.

ތަސްލީމާ ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދޭއިރު، ވީހާވެސް ގިނަ ޓެސްޓްތައް ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހެދޭނެގޮތް ހަމަޖައްސާނެކަމަށްވެސް ހެލްތް މިނިސްޓްރީއިން ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީއިން ވިދާޅުވީ ކައުންސިލާއި ގުޅިގެން ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކަކީ މަދުވެގެން 100 އެނދު ހިމެނޭހެން ތަރައްޤީކުރާ ހޮސްޕިޓަލްތަކެވެ. އެހެން ނަމަވެސް ތިނަދޫގައި އަލަށްހަދާ އިމާތާގުޅޭ އިތުރު މަޢުލޫމާތެއް މިނިސްޓްރީއިން ހިއްސާކޮށްފައެއް ނުވެއެވެ.

Leave a comment

Your email address will not be published.