Mon, 25 May, 2020, 10:07 pm
މިމަހުގެ ފުރަަތަމަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ
5

މިމަހުގެ ފުރަަތަމަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރައްވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރަޢީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޙިއްސާ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ރަޢީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކޮށް، މިގެނައި ބަދަލާއިއެކު މާލެއާއި އަތޮޅުތަކުގެ ރަށްތަކުގެ ޓެރިފް ރޭޓުތައް އެއްވަރުވެގެންދާނެކަމަށެވެ. އެގޮތުން ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ފުރަތަމަ ކަމަކަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑްތަކަށް ނަގާ ކަރަންޓުގެ ފަރަގު ނައްތާލެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ބަދަލަކީ ރައްޔިތުންގެ އެންމެ އަސާސީ އެއް ބޭނުންކަމަށްވާ ހަކަތައަށް ކުރާހޭދަ ކުޑަކޮށް، ރައްޔިތު މީހާގެ ޖީބުން މި ޚިދުމަތް ހޯދުމަށް ކުރާާހޭދަ ލުއިކުރުމަށް ސަރުކާރުން ގެނައި ބަދަލެއްކަަމަށެވެ.

ވިޔަަފާރިތަކުގެ ކަރަންޓު ބޭންޑްތަކުގެ ޓެރިފް ރޭޓްތައް އެއްވަރުކޮށް، ވިޔަފާރިތަކުން ކަރަންޓަށް ނަގާ އަގުވެސް ސަރުކާރުންވަނީ ހެޔޮކުރައްވަން ނިންމަވާފައެވެ. މިބަދަލަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް ކުރާހޭދަ ކުޑަކޮށް، އެފަރާތްތަކުގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށް ވިސްނައި ގެނައި ބަދަލެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“މިގެނައި ބަދަލާއިއެކު 2200ރުފިޔާ އަރާ ގޭބިސީއެއްގެ ކަރަންޓު ބިލަށް ދެން އަރާނީ 1700ރުފިޔާ. އަދި 4500 ކަރަންޓުބިލަށް ދައްކާ ވިޔަފާރިތަކުން ދެން ދައްކަން ޖެހޭނީ 3400 ރުފިޔާ. ބާކީވާ ފައިސާ ހަމަވެގެންދާނީ ރައްޔުތުންގެ ޖީބަށް ވަންނަ ފައިދާއަށް.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑީސަލުން %5 ޑިއުޓީ ކަނޑާލުމަށް ވެސް ސަރުކާރުން ނިންމާފައިވާކަމަށާއި، މިކަމުގެ ލުޔެއްގެގޮތުން ފިއުލް ޑިސްކައުންޓެއް ވެސް ކުރިއަށް އޮތްތާންގައި ރައްޔިތުންނަށް ލިބޭނެކަމަށެވެ.

Leave a comment

Your email address will not be published.