Mon, 1 June, 2020, 7:08 pm
ސިފައިންގެ ހިދުމަތަށް އެންމެ ފުރަތަމަ ވެންނެވި ކަނބަލުންނާއެކު ޝަރަފުގެ ހިނގާލުމެއް ބާއްވައިފި
0

ސިފައިންގެ ހިދުމަތަށް އެންމެ ފުރަތަމަ ވެންނެވި ބައެއް ކަނބަލުންނާއެކު އަންހެން ސިފައިންގެ ހިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ޝަރަފުގެ ހިނގާލުމެއް ބާއްވައިފިއެވެ.

މާލޭ ސިޓީގައި މިއަދު ހަވީރު ބޭއްވި އެ ޝަރަފުގެ ހިނގާލުމުގައި މިހާރު ސިފައިންގެ ހިދުމަތުގައި ތިއްބެވި ސިފައިންގެ އިތުރުން ސިފައިންގެ ހިދުމަތަށް އެންމެ ފުރަތަމަ ވެންނެވި 65 އަންހެން ސިފައިންގެ ތެރެއިން 40 ކަނބަލުން ބައިވެރިވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަނީ ބައްލަވާލެއްވި އެ ޝަރަފުގެ ހިނގާލުމުގެ ކޮމާންޑަރަކަށް ހުންނެވީ މޭޖަރ ހައްވާ ޝެނީންއެވެ.

އަދި ޝަރަފުގެ ހިނގާލުން ބޭއްވި މަގުތަކުގެ އެކި ސަރަހައްދުތަކުގައި ޝަރަފުގެ ހިނގާލުން ހުއްޓި، ސިފައިންގެ ބޭންޑުގައި ރާގުތައް ވަނީ ކުޅެފައެވެ.

Leave a comment

Your email address will not be published.