މުޙައްމަދު އީމާން
02 April 2019
މަޤްބޫލު ޙަބަރު

ޑްރޯންއެއް ބޭނުންކޮށްގެން މަތިން ނަގާ ފޮޓޯތަކުން އިންސާނާގެ ހަމަލޮލަށް ނުފެންނަ ގުދުރަތީ ރީތިކަމާއި ތަންތަނުގެ ފުރިހަމަކަން ފެނިގެންދެއެވެ. އަދި ޑްރޯން ފޮޓޯ ނެގުމަކީ މިއަދު ގިނަ ބަޔަކު ހޮބީއެއްގެ ގޮތުންނާއި ވިޔަފާރި އަދި ޕްރޮފެޝަނަލް ގޮތުން ވެސް ކުރަމުން އަންނަ މަސައްކަތެކެވެ.

އެގޮތުން ޑްރޯން އުފައްދާ ކުންފުނި ޑީޖޭއައި އާއި އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ފޮޓޯ ޝެއަރިން ކޮމިއުނީ ސްކައިޕިކްސެލް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެނުއަލް ޑްރޯން ފޮޓޯގުރަފީ ކޮންޓެސްޓް ކާމިޔާބު ކުރި ފޮޓޯތައް މިވަނީ އާންމުކޮށްފައެވެ.

ތިރީގައި މިވަނީ މިއަހަރުގެ އެންމެ ރީތި ޑްރޯން ފޮޓޯތަކެވެ.

ފޮގީ ދުވަހުގެ ހެނދުނެއްގައި ފްރާންސްގެ މަޝްހޫރު މޮނާސްޓްރީ މޯން-ސަން-މީޝެލްް މަތިން ނަގާފައިވާ ފޮޓޯއެއް: ޑެރީކް ބައުމްގާޓްނަރ/ ސްކައިޕިކްސަލް
ކޮސޯވޯގެ ގައުމީ ކުތުބުހާނާ މަތިން ނަގާފައިވާ ފޮޓޯއެއް: އެގޮން ނިމާނީ/ ސްކައިޕިކްސަލް
ފަރުބަދަމަތީގެ އެއް މަގެއްގެ މަތިން ސަމާ އަދި ވިންޓަރގައި ނަގާފައިވާ ދެ ޝޮޓެއް. މި ފޮޓޯ ނެގުމަށް ބުރަ މަސައްކަތެއް ކުރެވުނު. ދެ ފޮޓޯގެ ދެމެދު އަށް މަސް ދުވަސް ހުންނާނެ: (ވަކި ތަނެއް ބުނެފައެއް ނުވޭ) މައިކަލް ސެޑޯސްކީ/ ސްކައިޕިކްސަލް
އެއް ދުވަހެއްގެ ހެނދުނު ވިއެޓްނާމްގެ ފޭން ރޭންގްގައި ވެލިފަރުބަދައެއްގެ މަތިން އެ ސަރަހައްދުގައި އުޅޭ ކުޑަކުދިންތަކެއް ކަސްރަތު ކުރުމަށް ދުވެފައިދަނީ: ޓްރަންގް ފެމް/ ސްކައިޕިކްސަލް
މޮންޓް ބްލަންކުގެ ސަމިޓެއްގައި ސްކައިކުރާ ބައެއް: މެތިސް ޑުމާސް/ ސްކައިޕިކްސަލް
“ވިލާތަކެއްގެ ތެރޭގައި ބްރިޖެއް”: 李珩 13811278527
“ސްވިޒަލެންޑުގެ ލޭންޑްވަސާރ ވިއަޑަކްޓުގައި ރަތް ރާލެއް ހުރަސް ކުރަނީ”: ސެބާސްޓިއަންއެމްޒެޑްއެޗް/ ސްކައިޕިކްސަލް
“ކިއެވްގެ އޯޓަމްގައި ފޮގްއާއި ލައިޓް”: ސާގޭ ރިސްޓެންކޯ
“ނޯވޭގެ ހެނިންގްސްވައޭގެ އޭރިއަލް ވިއު ފެންނަ ފޮޓޯއެއް”: 圆猪笔/ ސްކައިޕިކްސަލް

Leave a Reply

Your email address will not be published.

haftha.mv ©