Thu, 28 May, 2020, 8:23 am
މިކެމްޕެއިންގެ އެކުވެރިކަމަކީ ޘަޤީފްގެ ކާމިޔާބު: އިމްރާން
11

މިކެމްޕެއިންގެ އެކުވެރިކަމަކީ ޘަޤީފްގެ ކާމިޔާބުކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޘަޤީފްގެ ކެމްޕެއިން ޓީމާއި ބައްދަލުކުރުމަށް ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ “ޘަޤީފްގެ ކެމްޕޭންގެ އެކުވެރިކަމަކީ މިޓީމުގެ ކާމިޔާބު” ކަމަށާއި “ޘަޤީފްގެ ކެމްޕެއިން ޓީމަކީ ވަކި ޕާޓީއެއްގެ ޓީމެއް ނޫން” ކަމަށެވެ. “ޘަޤީފްގެ ކެމްޕެއިން ޓީމުގައި ޕީޕީއެމް، އެމްޑީޕީ، ޖޭޕީ އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ބޭފުޅުންވެސް އެބަތިއްބެވި”ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

ޝައިޚް އިމްރާން ވިދާޅުވީ ހުރިހާ ކުލައެއް އެކުވެގެން ޘަޤީފް ނަގައިގެން އަމާޒު ހިފާނީ ދާއިރާގެ ތަރައްޤީއަށް ކަމަށާއި ދާއިރާގެ ހުރިހާ ރަށެއްގެ ތަރައްޤީއަށް، ދާއިރާގެ ހުރިހާ ބޭފުޅުންގެ މުސްތަޤުބަލަށް މަސައްކަތްކުރައްވާނެ ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ. އަދި ﷲ ގެ އިރާދަފުޅާއެކު ޘަޤީފް ހޮވުމަށްފަހުގައި ހުރިހާ ޕާޓީތަކެއްގެ އެންމެންގެ ބައިވެރިވުމާއެކުގައި ވައިކަރަދޫ ދާއިރާގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ކުރާނެކަމުގެ ޔަޤީންކަން ޝައިޚް އިމްރާން ދެއްވިއެވެ

Leave a comment

Your email address will not be published.