Mon, 25 May, 2020, 9:42 pm
މަޖިލިސް އިންތިހާބު ހަމަޖެހިފައިވާ ތާރީހުގައި ބާއްވަން ނަހުލާ ގޮވާލައްވައިފި
2

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ގޮވާލައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ކޯޓަށް ހުށަހަޅައިގެން އިންތިހާބު ފަސްކުރުމަށް ސަރުކާރާ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި ޕީއެންސީން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އެ އަޑުތަކާ ގުޅިގެން ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބު ފަސްކުރަން މަދު ބަޔަކު ނަމަވެސް ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް އެކަމަނާ ވަނީ ގޮވާލައްވާ ވިދާޅުވެފައިވަނީ، ކޯލިޝަން ސަރުކާރަށް މެޖޯރިޓީ ލިބޭނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.

މަޖިލިސް އިންތިހާބު ކަނޑައެޅިފައިވާ ތާރީހުގައި ބާއްވަން ނަހުލާ ގޮވާލައްވާފައިވާއިރު، އިންތިހާބު ފަސްކުރަން މަސައްކަތް ކުރަމުންދާކަމުގެ އިޝާރާތެއް އެކަމަނާގެ ފިރިކަލުން އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ކުރައްވައިފައެވެ.

ނަހުލާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ، މަޖިލިސް އިންތިހާބު ފަސްކުރުމަށް ޕީޕީއެމުން އުޅޭކަމުގެ ވާހަކަތަކެއް އަޑު އިވިލައްވާ ކަމަށާއި އެކަމަށް ތިބީ ސަމާލުވެގެން ކަމަށެވެ.

އަދި އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން ކަނޑައެޅި ތާރީހުގައި އިންތިހާބު ބޭއްވިގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

Leave a comment

Your email address will not be published.