މުޙައްމަދު އީމާން
05 April 2019
މަޤްބޫލު ޙަބަރު

މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެ ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ކަމަށް ބެލެވިއްޖެއެވެ.

އެގޮތަށް ބެލެވިފައިވަނީ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން އޮންލައިން ނޫސް “ވަގުތު” އިން ކުރިއަށް ގެންދިޔަ “ރައްޔިތުންގެ އަޑު”، ޚިޔާލު ހޯދުމުގެ ވޯޓުގައި ނުކުތް ނަތީޖާއިންނެވެ.

ހެންވޭރު އުތުރު ދާއިރާއަށް އަލްހާންއާއެކު 7 ބޭފުޅުން ވާދަކުރައްވާއިރު ކެންޑިޑޭޓް ނަންބަރު 6، އަލްހާން އަށް ލިބިވަޑައިގެންފައިވަނީ 1482 ވޯޓެވެ. މިއީ އެ ދާއިރާއަށް ވޯޓު ދިން ބޭފުޅުންގެ ތެރެއިން 62.58 ޕަސެންޓެވެ.

ވަގުތު އޮންލައިންއިން ހާމަކުރާ ގޮތުގައި، އަލްހާންއަކީ އެ ފަރާތުން ހިންގި ހިޔާލު ހޯދުމުގެ ވޯޓުގައި އެންމެ ގިނަ އަދަދަކަށް ވޯޓު ލިބިވަޑައިގެން ކެންޑިޑޭޓެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާއަށް އިތުރު ދައުރަކަށް ވާދަކުރައްވާ ގާސިމް އިބްރާހީމެވެ.

ހެންވޭރު އުތުރު ދާއިރާއިން އަލްހާންއާ އެންމެ ކައިރިން ވެސް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް މުއިއްޒެވެ. އޭނާއަށް ވަގުތު ވޯޓުން ލިބިވަޑައިގެންފައިވަނީ 206 ވޯޓެވެ.

Leave a Reply

Your email address will not be published.

haftha.mv ©