Mon, 25 May, 2020, 10:19 pm
ވޯޓުލާ ވަގުތު އިރުއޮއްސި 6 އަކަށް އިތުރުކޮށްފި
2

މިއަދު ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމުގެ ގަޑި މިއަދުގެ އިރުއޮއްސި 6:00އާ ހަމައަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓުލުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެގައި ދެ ގަޑިއިރު އިތުރު ކުރަން އެ ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.

އީސީގެ ތަރުޖަމާން އަކްރަމް އަދި ކޮމިޝަންގެ މެންބަރު އަކްރަމް ވިދާޅުވީ، ވޯޓުލުމުގެ ގަޑި އިތުރުކުރުމަށް އީސީން ނިންމާފައި ވަނީ ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކަމަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 264،442 މީހުން ތިބިއިރު އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެވެއެވެ. ނަމަވެސް ރިޔާސީ އިންތިހާބާއި ހިލާފަށް މި އިންތިހާބުގައި ވޯޓް ލާންދިޔަ މީހުންގެ އަދަދު މަދުކަން ފާހަގަ ކުރެވެއެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓް ލުން ކުރިއަށްދާއިރު، ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓް ލުން ކުރިއަށް ދަނީ އަމާންކޮށެވެ.

Leave a comment

Your email address will not be published.