ނަސްވާ ހަސަން
07 April 2019
މަޤްބޫލު ޙަބަރު

ހޮނިހިރު ދުވަހު ކުރިޔަށް ދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ގދ ތިނަދޫ ދެކުނުދާއިރާއަށް ވާދަކުރެއްވި އަޙްމަދު ނިހާން ހުސެއިން މަނިކާއި ލ ފޮނަދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުއްރަހީމް އަބްދުﷲ އަށް އިންތިހާބު ނާކާމިޔާބުވެއްޖެއެވެ.

ވިލިމާލެ ދާއިރާގެ މިހާރުގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކަށް އިންތިހާބު ނާކާމިޔާބުވިއިރު އޭނާ މިފަހަރު ވާދަކުރެއްވީ ތިނަދޫ ދެކުނު ދާއިރާއަށެވެ. މިހާރުގެ ވަގުތީ ނަތީއްޖާ ދައްކާގޮތުން ދާއިރާއިން ކުރި ހޯދާފައިވަނީ އެމްޑީޕީ ކެންޑިޑޭޓް ސަނީފް އަބްދުﷲ އެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އަށް މަޖިލިސް އިންތިޚާބު ނާކާމިޔާބުވިއިރު އަދުރޭގެ މައްޗަށް ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވީ ފޮނަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ޤާނޫނީ ވަކީލް މޫސާ ސިރާޖެވެ.

Leave a Reply

Your email address will not be published.

haftha.mv ©